އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި
އައްޑޫ ސިޓީ ހިތަދޫ، ގުލްކަނދުގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މިއަދު 09:16 ހާއިރު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 09:40 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ. ނަމަވެސް އެ ގޭގެ ވަރަށް ބޮޑު ބައެއް ވަނީ އަނދާފައެވެ.