ރޯދައަށް ހިލޭ ބަހާ މަސް ދަޅުން 40ގ މަސް އުންޏެއް ނުވާނެ : މިފްކޯ
ރައީސް ޑރ. މުހައްްމަދު މުއިއްޒު ވައުދުފުޅާ އެއްގޮތަށް ރޯދައަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40ގ މަސް އުންޏެއް ނުވާނެކަން މިފްކޯއިން ހާމަކުރައްވައިފިއެވެ.
މި ރޯދަ މަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދޭނެކަން ރައީސް އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޖަލްސާއެއްގައެވެ. ފިްކޯއިން ރޯދަމަހު ބަހާ މަސް ދަޅުން 40ގ މަސް އުނި ނުވާނެކަމުގެ ޔަގީންކަން ދެމުން މިއަދު އެ ކުންފުނިން ވިދާޅުވީ، ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަަށެވެ.
"140ގ ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި. މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ،". މިފްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.މިފްކޯއިން މީގެ ކުރިން ވިދާޅުވީ، ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށެވެ.