logo
banner image

ސަރުކާރުގެ އަމާޒަކީ މި ޕްރޮޖެކްޓް ނިމޭ އިރު 100 ދޯނީގައި RSW ސިސްޓަމް ހަރުކުރުން

ސަރުކާރުގެ އަމާޒަކީ މި ޕްރޮޖެކްޓް ނިމޭ އިރު 100 ދޯނީގައި RSW ސިސްޓަމް ހަރުކުރުން، މިގޮތުން މި ސިސްޓަމް ހަރުކުރުމަށް އެދި ހުށަހަޅާ ހުރިހާ ފަރާތަކަށް RSW ސިސްޓަމްތައް ދޫކުރަމުން ގެންދާނެކަމުގައި ޑރ. އަމްޒަތު ފާހަގަކުރެއްވިއެވެ.

މި ސިސްޓަމުގެ ބޭނުމަކީ މަސްބާނާ ވަގުތުން ފެށިގެން މަސް ކިރާ ސަރަޙައްދަށް ދެވެންދެން މަހުގެ ތާޒާކަން ދެމެހެއްޓުމެވެ. މި ސިސްޓަމުގެ ސަބަބުން މަސްވެރިންނަށް އެއްގަމުން އައިސް ހޯދުމަށް ކުރަން ޖެހޭ މަސައްކަތަށް ވަނީ ވަރަށް ބޮޑު ލުޔެއް ލިބިފައިކަން ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން އައިސް ހޯދުމަށް މަސްވެރިން ކުރަން ޖެހޭ ދިގު ދަތުރަށް މި ނިޒާމުގެ ދަށުން ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެކަމަށް ޑރ. އަމްޒަތު ފާހަގަކުރެއްވިއެވެ.

ފައިނޭންސިއަލް ފެސިލިޓީ؛

މި ފެސިލިޓީ އަކީ މި ވުޒާރާ އާއި އިސްލާމިކް ޑެވެލޮޕްމެންޓް ގުޅިގެން މަސްވެރި އުޅަނދުތައް ތަރައްޤީކުރުމަށް އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ފައިނޭންސިން ފެސިލިޓީއެއް، މި ފެސިލިޓީގެ ދަށުން RSW ގެ އިތުރުން ޖެންސެޓާއި ސޯލާޕީވީ ވެސް ނެގިގެން ދާނެ ކަމަށް މުސްލިމާ ފާހަގަކުރެއްވިއެވެ. އަދި މި ފެސިލިޓީ އަކީ އެހެން ފެސިލިޓީތަކާ ޚިލާފަށްމަސްވެރިންނަށް ވީހާވެސް ލުއި ގޮތަކަށް ތައްޔާރުކުރެވިފައިވާ ފެސިލިޓީއެއްކަން ވަނީ ފާހަގަކޮށްފައެވެ. މި ގޮތުން؛

1. ފެސިލިޓީ ޔަޤީންވާ ހިސާބުން ސަރުކާރުން ފެސިލިޓީގެ %35 ދައްކައިދިނުން. މަސްވެރިން ދައްކަން ޖެހޭނީ ޖުމްލަ އަގުގެ %65

2. އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރެޑް، މިގޮތުން މި 6 މަސް ތެރޭ ޕްރިންސިޕަލް ޚަރަދުގެ އެއްވެސް ޚަރަދެއް ދައްކަން ނުޖެހުން.

3. އަނބުރާ ލޯން ދެއްކުމަށް ގިނަ ދުވަސްތަކަކަށް ބަހާލެވުން. މިގޮތުން ލޯނު ދެއްކުމަށް 10 އަހަރު ދުވަހަށް މި ލޯނު ބަހާލެވިގެން ދާނެ.

4. މި ފެސިލިޓީގެ ދަށުން 2 މިލިއަން ރުފިޔާ އާއި ހަމައަށް އެއްވެސް ރަހުނަކާ ނުލައި ނެގުން

މި ފެސިލިޓީއަށް އެދި ހުށަހަޅައި ފަރާތްތަކުގެ ޝަރުތުތަކަކީ؛

1. މަހަށް ދުއްވާ އަދި މަސްވެރިކަމުގެ މުއްދަތު ހަމަނުވާ ލައިސެންސް އޮންނަ އުޅަނދެއްކަމުގައިވުން.

2. ސިސްޓަމް ހަރުކުރެވޭ ވަރުގެ ކެޕޭސިޓީ ހުރި އުޅަނދެއްކަމުގައިވުން. މިގޮތުން ދޯނީގެ ދިގުމިން 500 ފޫޓަށް ވުރެ ދިގުވުން.

3. 10 ޓަނުގެ މަސް ރައްކާކުރެވޭ ވަރުގެ ކެޕޭސިޓީ ހުރުން.

4. އަލަށް ބަންނަ އުޅަނދުތަކުން ހަލް ރަޖިސްޓާރ ކުރުމުން ފެސިލިޓީއަށް ހުށަހެޅިގެން ދާނެ

މި ފެސިލިޓީއަށް އެޕްލައި ކުރެވޭނީ އީފާސް މެދުވެރިކޮށް އަދި އެޕްލައި ކުރުމުން އެޕްލައި ކުރާ ފަރާތްތަކުގެ ޓެކްނިކަލް އަދި ފައިނޭންސިއަލް އިވެލުއޭޝަންއެއް ހެދިގެން ދާނެ ކަމަށް މުސްލިމާ ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން އިވެލުއޭޝަން ހަދާއިރު މިނިސްޓްރީގެ އިތުރުން އެސްޑީއެފްސީ އިންވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ފެސިލިޓީއަށް ހުށަހަޅައި ފަރާތުގެ ކްރެޑިބިލިޓީ އަދި ފައިނެންޝިއަލް ކަންކަން ހިމެނޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މި ސިސްޓަމަކީ މިހާރު މަސްވެރިންގެ ވަރަށް ބޮޑު އިތުބާރެއް ހޯދައިފައިވާ ސިސްޓަމެއްކަން ފާހަގަކުރައްވަމުން ޑރ. އަމްޒަތު ވިދާޅުވީ މިގޮތުން މަސްވެރިކަން އެންމެ ރަނގަޅަށް ކުރާ ހިސާބުތަށްކަމަށްވާ ގދ އަދި ގއ ހިސާބުގައި މިހާރު 70 ވަރަކަށް ދޯނީގައި މި ސިސްޓަމް ހަރުކުރެވި ބޭނުންކުރަމުން އަންނަ ކަމަށް އަދި އަލަށް ބަންނަމުން އަންނަ މަސްވެރިކަމުގެ އުޅަނދުތައް ވެސް ފަރުމާ ކުރަމުން އަންނަނީ މި ސިސްޓަމް އެޅޭ ގޮތައްކަމަށެވެ.

މި ފެސިލިޓީގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވުޒާރައިގެ ޓީމުތަކުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރަމުންެނެވެ.