ހއ. ބާރަށު ސްކޫލުގެ ދަރިވަރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކޮށްފި
ހއ. ބާރަށު ސްކޫލުގެ ގްރޭޑް 10 ގައި ތަޢުލީމު ޙާޞިލުކުރާ 11 ދަރިވަރުންނާއި 5 ޓީޗަރުންނާއި އަދި ބެލެނިވެރިން 15 ޑިސެމްބަރ 2024 ގައި ވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކޮށްފިއެވެ. ދަތުރުގެ މަޤްޞަދަކީ ދަރިވަރުންނަށް ދަނޑުވެރިކަމާ ގުޅޭ ޢިލްމީ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މި ގޮތުން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ސީނިއަރ އެގްރިކަލްޗަރ އޮފިސަރ ޝަރީފާ ޢަލީ އާއި އެގްރިކަލްޗަރ އޮފިސަރ ފަޒީނާ ފާރޫޤު ވަނީ ދަރިވަރުންނަށް ދަނޑުވެރިކަމާ ގުޅޭ އެކިއެކި ދާއިރާތަކުގެ މަޢުލޫމާތު ފޯރުކޮށްދީފައެވެ. ސްކޫލުން ފާހަގަކުރެއްވި ގޮތުގައި މިފަދަ ތަޢުލީމީ ދަތުރުތަކަކީ ދަރިވަރުންގެ ޢިލްމީ ކުރިއެރުމަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ ޙަރަކާތްތަކެއްކަމަށެވެ. މި ދަތުރުގެ ސަބަބުން ދަރިވަރުންނަށް ޢަމަލީ ތަޖުރިބާއާއެކު ދަނޑުވެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ފަހިވެގެންދިޔައެވެ.