ފ. ނިލަންދޫގައި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ޕުރޮގުރާމެއް ހިންގައިފި
ޕީ.އެފް.އައި އާއި ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާ ގުޅިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ޕުރޮގުރާމެއް ފ. ނިލަންދޫގައި ކުރިއަށްގެންގޮސްފިއެވެ.
މިމަހުގެ 12 - 14 އަށް ކުރިއަށްގެންދިޔަ މި އިންތިޒާމުކުރުމުގައި ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ހަނދާނީ ފިލައެއް ވަނީ އަރުވައިފައެވެ.
މި ހަނދާނީ ފިލާ ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ ރައީސް އަދި ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ މެންބަރު، ޢަބްދުލް ޙަމީދު އާދަމާ ހަވާލުކޮށްދެއްވީ ޕީ.އެފް.އައި ގެ ޑިރެކްޓަރ، ޢާއިޝަތު ފެޒުލީނެވެ.