މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް، ޙުސައިން ޝާމް އާދަމާއި މާލީ ވުޒާރާގެ އިސްވެރިން، ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް އެއިޑް) ގެ ޑެޕިއުޓީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓަރ އޮފް ދަ ބިއުރޯ ފޮރ އޭޝިއާ، މިސް އަންޖަލީ ކޯރް އާއި، ޔޫ.އެސް އެއިޑްގެ މިޝަން ޑިރެކްޓަރ ފޮރ ސްރީ ލަންކާ އެންޑް ދަ މޯލްޑިވްސް، މިސްޓަރ ގޭބްރިއެލް ގްރާއު އާއި ޔޫ.އެސް އެއިޑްގެ ޓީމާ ބައްދަލުކުރައްވައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު މާލީ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި ރާއްޖޭގެ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށް އެ ޖަމުޢިއްޔާއިން ފޯރުކޮށްދޭ އެހީތެރިކަމާއި، ސަރުކާރުގެ އިޞްލާޙީ އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޝާމް ވަނީ އެ އެޖެންސީން ފޯރުކޮށްދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު ދަންނަވައިފައެވެ.