logo
banner image

15 ވަނަ އިންޓަރނޭޝަނަލް އިންފްރާސްޓަރަކްޗަރ އިންވެސްޓްމަންޓް އެންޑް ކޮންސްޓްރަކްޝަން ފޯރަމް އެންޑް އެކްސްޕޯ

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްޠަލިބް, މިނިސްޓްރީގެ ސީނިއަރ އޮފިޝަލުންނާއެކު މިދިޔަ ބުދަދުވަހުވަނީ ޗައިނާގެ މަކާއޯ ގައި ބޭއްވުނު 15 ވަނަ އިންޓަރނޭޝަނަލް އިންފްރާސްޓަރަކްޗަރ އިންވެސްޓްމަންޓް އެންޑް ކޮންސްޓްރަކްޝަން ފޯރަމް އެންޑް އެކްސްޕޯ ގައި ބައިވެރިވެވަޑައިގެންފައެވެ.

މިއަހަރުގެ ފޯރަމްގައި 70 ޤައުމެއްގެ 800 އޯގަނައިޒޭޝަންތަކުންވަނީ 3500 އަށްވުރެގިނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ލީޑަރުން ބައިވެރިވެފައެވެ. މި ފޯރަމް ޚާއްސަކުރެވިފައިވަނީ ތިމާވެއްޓާރައްޓެހި އަދި ދެމެހެއްޓެނިވިގޮތުގައި ދަތުރުފަތުރުކުރުމުގެ ނިޒާމްގެބޭއްވުމުގެ މުހިއްމުކަމަށާއި އަދި ޑިޖިޓަލް ކަނެކްޓިވިޓީ ކުރިމަގުގައި ތަަރައްޤީކޮށް ފުޅާކުރުމާބެހޭގޮތުންނެވެ.