logo
banner image
މާލީ ވުޒާރާ

މާލީ ވަޒީރު އެމްޓީސީސީއަށް ޒިޔާރަތްކޮށް، އެކުންފުނީގެ ހިނގަމުންދާ މުޙިއްމު މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތު ހޯއްދަވައިފި.

މާލީ ވަޒީރު މޫސާ ޒަމީރު މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮންޕެނީ ލިމިޓެޑް - އެމްޓީސީސީގެ ހެޑް އޮފީހަށް ޒިޔާރަތްކުރައްވައި، އެކުންފުނީގައި މިހާރު ކުރަމުންދާ މުޙިއްމު މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވައިފިއެވެ. 27 ނޮވެމްބަރ 2024 ވީ ބުދަ ދުވަހު މާލީ ވަޒީރު އެމްޓީސީސީގެ ހެޑް އޮފީހަށް ވަޑައިގަތުމުން އެކުންފުނިގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއާއި ކުންފުނީގެ އިސްވެރިންނާއި އަދި ފަންނީ މުވައްޒަފުންވަނީ އެމްޓީސީސީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މާލީ ވަޒީރަށް މަޢުލޫމާތު އަރުވާފައެވެ.

އެމްޓީސީސީއާއި އެކު ބާއްވި ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން ވަޒީރުގެ އެޑްވައިޒަރ އަހުމަދު ނަސީރާއި އޭގެ އިތުރުން މާލީ ވުޒާރާގެ އެކައުންޓެންޓް ޖެނެރަލް މުޙައްމަދު އާޒާދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އެމްޓީސީސީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ވަޒީރަށްވަނީ އަރުވާފައެވެ. އަދި އޭގެ އިތުރުން، އެމްޓިސީސީގެ މަސައްކަތްތަކަށް މާލީ ވުޒާރާގެ ފަރާތުން އެއްބާރުލެއްވުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.