logo
banner image
މާލީ ވުޒާރާ

މާލީ ވަޒީރު ސްޓެލްކޯއަށް ޒިޔާރަތްކޮށް، އެކުންފުނީގެ ހިނގަމުންދާ މުޙިއްމު މަސައްކަތްތައް ބައްލަވާލައްވައިފި.

މާލީ ވަޒީރު މޫސާ ޒަމީރު ސްޓޭޓް އިލެކްޓްރިކް ކުންޕެނީ ލިމިޓެޑް – ސްޓެލްކޯގެ ހެޑް އޮފީހަށް ޒިޔާރަތްކުރައްވައި، އެކުންފުނީގައި މިހާރު ކުރަމުންދާ މުޙިއްމު މަސައްކަތްތައް ބައްލަވައިލައްވައިފިއެވެ. 27 ނޮވެމްބަރ 2024 ވީ ބުދަ ދުވަހު މާލީ ވަޒީރު ސްޓެލްކޯގެ ހެޑް އޮފީހަށް ވަޑައިގަތުމުން އެކުންފުނިގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީގެ އިތުރުން ކުންފުނީގެ އިސްވެރިންނާއި އަދި ފަންނީ މުވައްޒަފުންވަނީ ސްޓެލްކޯގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މާލީ ވަޒީރަށް މަޢުލޫމާތު އަރުވާފައެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ހަކަތައިގެ ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ސްޓެލްކޯއިން އަޅަމުންދާ ބިޒްނަސް ސެންޓަރުގެ މަސައްކަތްދާ ގޮތް ވަޒީރު މޫސާ ޒަމީރު ވަނީ ބައްލަވައިލައްވާފައެވެ. އޭގެ އިތުރުން، ދޮންއަދަރާދަ ހިންގުމާއި އަދި މާލޭ އިންޖީނުގޭގެ މަސައްކަތްދާގޮތް ވެސް ވަޒީރު ވަނީ ބައްލަވައިލައްވާފައެވެ.

އޭގެއިތުރުން، ސްޓެލްކޯގެ އެހެނިހެން މަޝްރޫއުތައް ކުރިއަށްގޮސްފައިވާ މިންވަރާއި އެ މަސައްކަތްތަކުގެ ތަފްސީލުވެސް މާލީ ވަޒީރު މޫސާ ޒަމީރުވަނީ ހޯއްދަވާފައެވެ.