ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ދުވަސް މާލީ ވުޒާރާއިން ފާހަގަކޮށްފި
ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ދުވަސް މާލީ ވުޒާރާއިން ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމަށްޓަކައި ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން މާލީ ވުޒާރާގެ އިސްވެރިންނާއި އެއްމެހައި މުވައްޒަފުން ވަނި ދުވަހުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމާއި ގުޅޭ ދުވަހެއް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާތާ މިއަހަރަށް މިހާރުވަނީ 25 އަހަރުފުރިފައެވެ. ކޮންމެ އަހަރަކު ނޮވެމްބަރު 25 ގައި ފާހަގަކުރާ ބައިނަލްއަގްވާމީ، އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ދުވަހަކީ ވަކި ޖިންސަކަށް ނިސްބަތްކޮށްދޭ އަނިޔާތައް ނައްތާލުމަށް ދުނިޔޭގެ ފެންވަރުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ތަހައްމަލުކުރަމުންދާ ޖިސްމާނީ، ޖިންސީ، ނަފްސާނީ އަދި އިގްތިސާދީ އަނިޔާތައް ހިމެނޭ ގޮތަށް އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާގެ މައްސަލައަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގެއި ފާހަގަކުރާ ދުވަހެކެވެ.