ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނެއް އަރި އަތޮޅު ދެކުނުބުރީ މާމިގިލީގައި ކުރިއަށްގެންގޮސްފި
ދައުލަތުގެ މުވައްޒަފުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން މާލީ ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އަރި އަތޮޅު ދެކުނުބުރީ މާމިގިއްޔަށް އަމާޒުކޮށްގެން ތަމްރީނު ޕުރޮގުރާމެއް ކުރިއަށްގެންގޮސްފިއެވެ.
އަރި އަތޮޅު ދެކުނުބުރީ މާމިގިލި ކައުންސިލާ ގުޅިގެން ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕުރޮގުރާމުގައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ މުހިންމު ބައިތަކަށް އަލިއަޅުވާލައިފައެވެ.