އެގުރި ބޯޓުގެ ހިދުމަތާއި އެކު ދަނޑުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ: ވަޒީރު އާދަމް ޝަރީފް
އެގުރި ބޯޓުގެ ހިދުމަތާއި އެކު ދަނޑުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަންވެސް އިތުރަށް ކަށަވަރުވެގެން ދާނެ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއަށް އެގްރިބޯޓް ތަޢާރަފްކޮށްދެއްވައި އެކަމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނެވެ.
އެމަނިކުފާނު އެކަމާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިިދާޅުވީ އެގްރި ބޯޓް ރާއްޖެއަށް ތައާރަފް ވެގެން ދިއުމަކީ ތާރީހީ ކާމިޔާބެއް ކަމަށާއި އަދި މިބޯޓާއި އެކު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަަށަވަރުވެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވުމަށްވެސް މަގުފަހިވެގެން ދާނެ ކަމަށެވެ.
އެގްރިބޯޓަކީ ޖަޕާނުސަރުކާރުގެ އެހީގައި ބަނދެފައިވާ ބޯޓެކެވެ. މި ބޯޓުގައި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާކުރުމާއި ސޯލާ ޕަވާރޑް ކޯލްޑް އެންޑް ޑްރައި ސްޓޯރޭޖް ފެސިލީޓީތަކާއި އެކު ތަރުކާރީއާއި މޭވާ ރައްކާތެރިކަމާއި އެކު ލ.އަތޮޅުގެ ރަށްތަކުން މާލެއަށް ތަރުކާރީ އާއި މޭވާ ތާޒާކަމާއި އެކު ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވެއެވެ.
މިމަޝްރޫއުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތުގައި މާލޭގެ ބާޒާރަށް ރައްކާތެރިަކާމާއިއެކު ފޯރުކޮށްދިނުމެވެ.
މިރަސްމިއްޔާތުގައި ޖަޕާނުސަރުކާރުން ރާއްޖެއަށް ކަަނޑައަލުއްވާފައި ހުންނވާ ސަފީރު ތަކެއޮޗި މިދޮރި ބައިވެރިވެލެއްވިއެވެ.