logo
banner image

ހުކުރު ދުވަހު 18 މިސްކިތެެއްގައި ދަރުސް ކުރިއަށް ގެންގޮސްފި

ހުކުރު ދުވަހު މަޣްރިބް ނަމާދަށްފަހު ސިލްސިލާކޮށް ކުރިއަށް ގެންދާ ދަރުސްތަކުގެ ތެރެއިން މި ހަފްތާގެ ހުކުރު ދުވަހު ރާއްޖޭގެ 18 މިސްކިތެއްގައި ދަރުސްތައް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މާލެ ސަރަހައްދުގެ 10 މިސްކިތެއްގައި ދަރުސްތައް ކުރިއަށް ގެންގޮސްފައިވާއިރު، ރާއްޖެތެރޭގެ 8 ރަށެއްގެ މިސްކިތުގައި ދަރުސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ދިވެހިންގެ މެދުގައި ދީނީ ހޭޅުންތެރިކަން އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.