logo
banner image

ވަޒީރު ރާފިޢު، "ޒިއަމެން ލާމު މެރެތަން 2024" ޝަރަފްވެރިކޮށްދެއްވައިފި

"ޒިއަމެން ލާމު މެރެތަން 2024"، ކުޅިވަރާއި ހެށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޝަރަފްވެރިކޮށްދެއްވައިފި އެވެ.

ލާމު ފުނަދޫގައި ކުރިއަށްދިޔަ ފޯރިގަދަ މެރެތަންގައި ތިން ކެޓަގަރީއެއްގައި 500އެއްހާ ދުވުންތެރިން ވަނީ ބައިވެރިވެފަ އެވެ.

މި މެރެތަން ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން އެވެ.

މި މެރެތަންގައި ވަޒީރު ރާފިޢު އާއި ޗައިނާ ސަފީރު ބައިވެރިވެވަޑައިގެންނެވީ 5 ކިލޯމީޓަރު ދުވުމުގަ އެވެ. 5 ކިލޯމީޓަރު ދުވުމުގެ އިތުރުން 10 ކިލޯ މީޓަރާއި ކިޑްސް ފަން ރަން، ހާފް މެރެތަން އަދި ފުލް މެރެތަންގައިވެސް ދުވުންތެރިން ވާދަކުރި އެވެ.