logo
banner image

ދާންދޫ ދާއިރާގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދާންދޫ ދާއިރާގެ ކުޅިވަރު ހާލަތާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު މަޝްވަރާ ކުރައްވައިފި އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދާންދޫ ދާއިރާގެ ކައުންސިލްތަކުގެ އިސްވެރިންނާއި، ކުޅިވަރު ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލް ވަނީ އެ ދާއިރާގައި މި ވަގުުތު ހުރި ކުޅިވަރު ވަސީލަތްތަކާއި، ދާއިރާގައި ހުރި ކުޅިވަރުގެ ހާލަތު ހިއްސާކުރައްވާފަ އެވެ. މީގެ އިތުރުން އެދާއިރާގެ ރައްޔިތުންގެ މެދުގައި މަގުބޫލު ކުޅިވަރުތަކާއި، އެ ކުޅިވަރުތައް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތައްވެސް ހިއްސާކުރެއްވި އެވެ.

ކުޅިވަރު ވަޒީރު ރާފިޢު ވަނީ އެ ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަން ހަމަޖައްސައިދެއްވުމަށް ވުޒާރާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

ކުޅިވަރުގެ ކަންކަމުގެ އިތުރުން ދުޅެހެޔޮ ސިއްހަތާއި، ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެ ރަށުގައި ކުރިއަށްގެންދާ ޕްރޮރާމްތަކުގެ މައުލޫމާތުވެސް ވަޒީރު ރާފިޢު އެއްސެވި އެވެ.