logo
banner image

ސީޖީއެފް އޯޝެނިއާ އެންޑް އޭޝިއާ ރީޖަނަލް ބައްދަލުވުމުގައި ވަޒީރު ރާފިޢު ބައިވެރިވެވަޑައިގަންނަވައިފި

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) އޯޝެނިއާ އެންޑް އޭޝިއާ ރީޖަނަލް ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަންނަވައިފި އެވެ.

މި ބައްދަލުވުމަކީ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) އޯޝެނިއާ އެންޑް އޭޝިއާ ސަރަހައްދުގެ ގައުމަކުން ބައިވެރިވާ ބައްދަލުވުމެކެވެ. މިއީ ސީޖީއެފްގެ މަތީ ފަންތީގެ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.

ސީޖީއެފްގެ 22 ގައުމަކުން ބައިވެރިވާ މި ބައްދަލުވުން ކުރިއަށްދަނީ ކްރޮސްރޯޑްސްގަ އެވެ.

(ސީޖީއެފް) އޯޝެނިއާ އެންޑް އޭޝިއާ ރީޖަނަލް ބައްދަލުވުން ފެށުމުގެ ގޮތުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުސައްތާރު އާއި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރައީސް ކްރިސް ޖެންކިންސް ވަނީ ވާހަކަ ދައްކަވާފަ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އެހެން ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރޭގައި ސީޖީއެފްގެ ސީއީއޯ ކޭޓީ ސެލްޑިއަރގެ އިތުރުން އެކި ގައުމުތަކުގެ އޮލިމްޕިކް ކޮމިޓީގެ އިސްވެރިން ފާހަގަކޮށްލެވެ އެވެ.