logo
banner image

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ގާފަރު ކައުންސިލާއި އަދި ޑަބްލިޔޫޑީސީއަށް އުންމީދީ ޖަވާބުތަކެއް ދެއްވައިފިއެވެ. މި ޖަވާބުތައް ދެއްވީ މިނިސްޓަރ ގާފަރަށް ވަޑައިގެން ކައުންސިލާއި ޑަބްލިޔޫޑީސީއާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި އަދި ޑަބްލިޔޫޑީސީން ރަށުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ވަނީ މިނިސްޓަރާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޕްރޮޖެކްޓްތަކުގެ ކަންކަމުގައި މިނިސްޓަރ ވަނީ އުއްމީދީ ޖަވާބުތަކެއް ދެއްވާފައެވެ. އެ ގޮތުން ސަރުކާރުން ވައުދުވެ ވަޑައިގެންފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

މި ބައްދަލުވުމުގައި ގާފަރު ހިމެނޭ ކުލަސްޓަރ ހިންގެވުމާއި ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމާއި، ކ.އަތޮޅު ކޯޑިނޭޓަރ ބައިވެރިވެލެއްވިއެވެ.