logo
banner image

ވަޒީރަށް، ކާށިދޫން ހޫނު މަރުޙަބާއެއް ދަންނަވައިފި

ކ.އަތޮޅުގެ ރަށްތަކަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ކުރައްވަމުންގެންދަވައި ދަތުރުފުޅުގައި ކ. ކާށިދޫއަށް ވަަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ކާށިދުއަށް ވަޑައިގެން ވަޒީރު ވަނީ ކާށިދޫ ކައުންސިލުގެ މެންބަރުންނާއި، ޑަބްލިޔޫޑީސީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސިޓީސް މިނިސްޓްރީން ދެއްވާ އެއްބާރުލުން ފާހަގަކޮށް މިނިސްޓަރަށާއި، މިނިސްޓްރީގެ މުވައްޒަފުންނަށް ކައުންސިލުގެ މެންބަރުން ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ވަޒީރާ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ސަރުކާރުގެ ވަޢުދުފުޅުތައް ފުއްދަވައި ދެއްވުމުގައި އެއްބާރު ލުމާއި އެހީތެރިކަން ކައުންސިލަށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުވުމަށް ފަހު ވަޒީރު ވަނީ ރަށުތެރެއަށް ވަޑައިގެން ޕްރޮޖެކްޓްތައް ހިނގަމުންދާ ގޮތް ބައްލަވައިލައްވައި ފައެވެ.

ވަޒީރު މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވައި މި ދަތުރުފުޅުގައި މާލެ އަތޮޅު ހިމެނޭ ކުލަސްޓަރ ހިންގެވުމާއި ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމާއި، މާލެ އަތޮޅު ކޯޑިނޭޓަރ ބައިވެރިވެލެއްވިއެވެ.