logo
banner image

ވަޒީރު، ޒުވާން ޙާފިޡު މުސްޢަބް ބިން ފައިޞަލްއާއި ބައްދަލުކުރައްވައިފި

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޤުރުއާން ހިތުދަސްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި އުމުރުން 13 އަހަރުގެ މުސްޢަބް ބިން ފައިޞަލް އާއި އެދަރިވަރުގެ ބެލެނިވެރިޔާއާއި ބައްދަލުކުރައްވައިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީރު ވަނީ މުސްއަބްއަށާއި މުސްޢަބްގެ މައިންބަފައިންނަށް ތަޙުނިޔާ ދަންނަވާ، ޤުރުއާނުގެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދެއްވާ ނަޞޭޙަތްތެރިވެލައްވާފައެވެ.

މުސްޢަބް ވަނީ 31 ދުވަހުގެ ތެރޭގައި ހިތުން މުޅި ޤުރުއާން ކިޔައިދީ އިމްތިހާނުން 1 ވަނަ ދަރަޖައިގައި ފާސްވެފައެވެ.