logo
banner image

މަހާސިންތާއަށްފަހު އިމާމުންގެ ޝުކުރު ވަޒީރަށް!

އިމާމުންގެ މަހާސިންތާއަށްފަހު، އިމާމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިސް ނަންގަވިގެން އިމާމުންގެ އަހަރީ ބައްދަލުވުމެއް ބޭއްވެވީތީ ޝުކުރު އަދާކުރައްވައިފިއެވެ.

އިމާމުންގެ މަހާސިންތާއަށްފަހު ވާހަކަފުޅު ދައްކަވަމުން އައްޝައިޚް ނަސްރުﷲ ޢަލީ ވިދާޅުވީ، މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ވަޒީރު ނިންމެވި ނިންމެވުންތަކަށް ޝުކުރު އަދާކުރައްވާކަމަށާއި، ހުރިހާ އިމާމުން ބައްދަލުވެ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދެއްވީތީ ވަޒީރަށާއި ވުޒާރާއަށް ޝުކުރު އަދާކުރައްވާކަމަށެވެ. މީގެ އިތުރުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި އިތުރު އިމާމަކު ވިދާޅުވީ، މިފަދަ ފުރުސަތަތުތަކީ ވަރަށް މުހިއްމު ފުރުސަތަތުތަކެއްކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރައްވާ އިމާމުންނާއި ގުޅުން ބަދަހިވެ ރަނގަޅު މާޙައުލެއް އުފެދިފައިވާކަމަށެވެ.

މީގެ އިތުރުން މަހާސިންތާއަށްފަހު ވާހަކަފުޅު ދެއްކެވި އެހެން އިމާމަކީ ވިދާޅުވީ، މިއީ ޤައުމު އިސްލާޙު ކުރުމަށްވެސް ކުރުން މުހިއްމު ކަމެއްކަމަށާއި މިއީ އިސްލާޙީ މުހިއްމު މަސައްކަތެއް ކަަމަށާއި ސަރުކާރުގެ ފަރާތުން މިފަދަ މަސައްކަތްތަކެއް ފެއްޓެވިކަމަށްޓަކައި ވަޒީރަށާއި ރައީސުލްޖުމުޙޫރިއްޔާއަށްވެސް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ވުޒާރާއާއި އިމާމުންނާއިމެދު ރަނގަޅު ގުޅުންތަކެއް ބަދަހިވެ އިމާމުންގެ ކަންކަން ހަރުދަނާ ކުރުމަށް ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތައްވެސް އިނގިގެން ގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވާހަކަދެއްކެވި އިތުރު އިމާމަކު ވިދާޅުވީ، އިމާމުންނާއި ވުޒާރާ ގުޅިގެން އެއްތަނެއްގައި ތިބެ މަޝްވަރާ ކުރުމުގެ ފުރުސަތު ފަހިވެގެން ދިޔަކަމީ ކަންކަން ރަނގަޅު ކުރުމަށް ވުޒާރާއެކު މަޝްވަރާ ކުރަން ލިބުނު ރަނގަޅު ފުރުސަތެއްކަމަށާއި މިކަމަށްޓަކައި ވަޒީރަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.

ދިވެހިރާއްޖޭގެ އިމާމުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ މަހާސިންތާގައި 600 އަށްވުރެ ގިނަ އިމާމުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި އަތޮޅުތަކުން އޮންލައިންކޮށްވެސް ގިނަ އިމާމުން ބައިވެރިވެލައްވާފައިވެއެވެ. އިމާމުންގެ މަހާސިންތާގައި ނިންމުނު ކަންކަން ތަންފީޒު ކުރައްވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ އިމާމުންނަށް އަރުވާފައެވެ. އަދި ކޮންމެ އަހަރަކުވެސް މި މަހާސިންތާ ވުޒާރާއިން ކުރިއަށް ގެންދާނެކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.