logo
banner image

މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ނަޡީމް އަދި މިނިސްޓްރީގެ އިސްވެރިން ގދ.ނަޑެއްލާ ކައުންސިލްއާއި މިއަދު ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޡީމް އަދި މިނިސްޓްރީގެ އިސްވެރިން ގދ.ނަޑެއްލާ ކައުންސިލްއާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ނަޡީމްގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުން އަލީ ސަލީމް އަދި ފާތިމަތު އިފާޝާ އާއި މިނިސްޓްރީގެ ސީނިއަރ އޮފިޝަލުންނާއި ޓެކްނިކަލް ޓީމްވެސް ބައިވެރިވަޑައިގަތެވެ. ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ގދ.ނަޑެއްލާގެ ބަނދަރު އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި ގުޅޭގޮތުންނެވެ. މި މަޝްރޫޢުތަކަކީ ރަށުގެ އުމްރާނީ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫޢުތަކެއްކަން ކައުންސިލުންވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިފަދަ މަޝްރޫއުތައް ހިންގުމުގައި ދިމާވާ ޓެކްނިކަލް މައްސަލަތަކާއި ގޮންޖެހުންތައް ހިއްސާކޮށް މިފަދަ ކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމަކީ ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ރަށު ކައުންސިލްތަކާ އެކު ގާތުން މަސައްކަތްކުރުމުގެ މުހިންމުކަން އަންގައިދޭ މުހިއްމު ބައްދަލުވުމެކެވެ.