logo
banner image

އިސްލާމީ މަރުކަޒުގައި ޝައިޚް އިބްރާހިމް ރަޝީދު ހަސަންގެ ތަފްސީރު ކުލާސް ފަަށައިފި

އިސްލާމީ މަރުކަޒުގައި ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހެއްގެ މަޣުރިބު ނަމާދަށްފަހު ސިލްސިލާ ތަފްސީރު ކުލާސްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ. މި ސިލްސިލާގެ ފުރަތަމަ ކުލާސްވަނީ ރޭ ކުރިއަށް ގެންގޮސްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރރިއަށް ގެންދާ ތަފްސީރު ކުލާސް ނަންގަވައިދެއްވާނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަނެވެ.

ތަފްސީރު ކުލާހުގައި ނިޡާމީ ގޮތެއްގައި ކީރިތި ޤުރްއާނުގައި ވާ އެކިއެކި ސޫރަތްތަކުގެ ތަފްސީރު ކިޔައިދިނުމުގައި އަންނަނިވި ކަންތައްތަކަށް އަލި އަޅުވާލެވޭނެއެވެ.

1. އާޔަތްތައް ބާވައިލެއްވުނު ސަބަބު.

2. އާޔަތްތަކާގުޅޭ ޙާދިޘާތަކަށް އަލިއަޅުވާލުން.

3. ﷲގެ ވަޙީބަސްފުޅުތަކުން ލިބޭ ޢިބުރަތްތައް ކިޔައިދިނުން.

4. ފިޤުހީ ޙުކުމްތަކާގުޅޭ އާޔަތްތަކަށް ފިޤުހީނަޒަރަކުން ބަލާލުން.

5. ﷲގެ ވަޙީބަސްފުޅުތައް އަހަރެމެންގެ އާންމު ދިރިއުޅުމާ ގުޅޭ ގޮތް ކިޔައިދިނުން.