logo
banner image
ޞިއްޙީ ވުޒާރާ

ޑރ. އަބުދުސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބްލަޑް ބޭންކެއް ހުޅުވައިފި

ގދ ތިނަދޫގައި ހުންނަ ޑރ.އަބުދުސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބްލަޑް ބޭންކެއް ޤާއިމްކޮށްފިއެވެ.

މި ބްލަޑް ބޭންކް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ ޑޮކްޓަރ އަބުދުﷲ ޚަލީލް އެވެ.

މި ބްލަޑް ބޭންކުން ލިބެންހުރި ޚިދުމަތްތަކުގެ ތެރޭގައިކްރޮސްމެޗް ހެދުން، އެންޓިބޮޑީ ސްކްރީނިން، ޑޯނަރ ރެކްރޫޓްމަންޓް، ތެލެސީމިއާ ސްކްރީނިން ޓީތީއައި ސްކރީނިންގ ފަދަ ޚިދުމަތްތައް ލިބިގެންދާނެ އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މިފަދަ ޚިދުމަތް ލިބޭގޮތަށް ހުޅުވި ފުރަތަމަ ބްލަޑް ބޭންކެވެ.

މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުއިއްޒުގެ ވަޢުދާއި އެއްގޮތަށް ރީޖަނަލް ހޮސްޕިޓަލްތަކުގައި ބްލަޑް ބޭންކް ޤާއިމްކުރެއްވުމަށް ކުރައްވަމުން ގެންދާވާ މަސައްކަތުގެ ދަށުން ހުޅުވި ބްލަޑް ބޭންކެކެވެ.

ގދ ގެ ޞިއްޚީ ޚިދުމަތަށް 55 އަހަރު ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެ ހޮސްޕިޓަލުގެ ބްލަޑް ބޭންކްގެ އިތުރުން ރިޕްރަޑަކްޓިވް ހެލްތު ސެންޓަރ ( އުފަންވެނި ކްލިނިކް ) އެއްވެސް ވަނީ ހުޅުވާފައެވެ.