logo
banner image

ކަންތައް، ކުރަންވާނީ އެ ކަމެއް ކުރަން އޮންނަ ގޮތަށް އަދި އިޚްލާޞްތެރިކަމާއެކު: ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް

އެ މަނިކުފާނު މިހެން ވިދާޅުވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއަށް އަލަށް ހަމަޖެއްސެވި ޕަރމަނަންޓް ސެކްރެޓަރީއަށް މަޤާމުގެ ލިޔުން ޙަވާލުކުރެއްވުމަށް ސިޓީސް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޕަރމަނަންޓް ސެކްރެޓަރިއަށް އައްޔަންކުރެއްވި ޑޮކްޓަރ ފާޠިމަތު މުނާއަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް ހަނދާންކޮށްދެއްވައިފައި ވެއެވެ. އަދި ޑޮކްޓަރ ފާޠިމަތު މުނާއަކީ ތަޢުލީމީ ގޮތުންނާއި، ހިންގުންތެރިކަމުގެ ގޮތުންނާއި އަދި ތަޖުރިބާގެ ގޮތުން ވެސް ނުހަނު ޤާބިލް ބޭފުޅެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ސީއެސްސީގެ ރައީސް މުޙައްމަދު ނާސިހް ދެއްކެވިވާހަކަފުޅުގައި ޕަރމަނަންޓް ސެކްރެޓަރީ އައްޔަންކުރުމުގެ ރަސްމިއްޔާތު ސިޓީސް މިނިސްޓްރީގައި ބޭއްވޭ ގޮތް ހަމަޖައްސަވައި ދެއްވީތީ ވަޒީރު އާދަމް ޝަރީފު ޢުމަރަށާއި ވުޒާރާގެ އެންމެހައި އިސްވެރިންނަށް ޝުކުރުއަދާކުރެއްވިއެވެ.