logo
banner image
ދިފާޢީ ވުޒާރާ

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މޯލްޑިވިއަންގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މޯލްޑިވިއަންގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި މިއަދު ކުރިއަށްގެންދިޔަ މި ސެޝަންގައި މޯލްޑިވިއަންގެ 24 މުވައްޒަފަކު ބައިވެރިވިއެވެ. މި ސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ. އަދި އަލިފާން ނިވި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ވަނީ ފަރިތަކޮށްފައެވެ.

މި ސެޝަންގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރފައިޓަރުންނެވެ.