logo
banner image

އިމާމުންގެ މަހާސިންތާ: އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ ޚާއްސަ ދަންފަޅިއެއް!

މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާ އިމާމުންގެ މަހާސިންތާގައި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ޚާއްސަ ދަންފަޅިއެއް ބާއްވަވައިފިއެވެ.

މި ދަންފަޅީގައި އަލިއަޅުއްވައިލައްވައިފައިވަނީ އިމާމުންގެ މުހިންމުކަމާއި ރިވެތި އަޚުލާޤާ ގުޅޭ ގޮތުންނެވެ. މި މައުޟޫޢުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް މުޙައްމަދު ލަޠީފު ވަނީ މުޖުތަމަޢަށް އިމާމުން މުހިންމުވާ އެކި ސަބަބުތަކާއި، އާންމު މުޖުތަމަޢުގައި އުޅުއްވާ އިރު އަދި އެ ނޫން ޙާލަތްތަކުގައި ވެސް އިމާމުން އަޚުލާޤު ބަހައްޓަވާންވީ ގޮތުގެ ނަޞޭޙަތް އިމާމުންނަށް ދެއްވައިފައެވެ.

އިމާމުންގެ މަހާސިންތާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވެސް ވަނީ ޚާއްސަ ދަންފަޅިއެއް ނަންގަވައިދެއްވާފައެވެ.

މިއަދު ކުރިއަށްދާ މި މަހާސިންތާގައި 500 އަށް ވުރެ ގިނަ އިމާމުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.