logo
banner image

ކްލަބް މޯލްޑިވްސް ކްލަސިކްގެ ފައިނަލުން ކުޅިވަރު ވުޒާރާ ޖާގަ ހޯދައިފި

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ކްލެސިކް ބައިގެ ފައިނަލުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޓީމް ޖާގަ ހޯދައިފި އެވެ.

36 ޓީމާއިއެކު މިމަހު ފެށި މުބާރާތުގައި ކުޅިވަރު ވުޒާރާގެ ޓީމުން ވާދަކުރީ ކްލެސިކް ބައިގަ އެވެ. މި ބައިގައި އެޓީމް ހިމެނުނީ ހުޅުމާލެ ހޮސްޕިޓަލް، ޓްރޭޑް ނެޓް އަދި ހޯމް މިނިސްޓްރީގެ ޓީމާ އެއް ގްރޫޕެއްގަ އެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ކުޅިވަރު ވުޒާރާގެ ޓީމު ދެވަނަ ބުރުން ޖާގަ ހޯދި އެވެ. ދެވަނަ ބުރުގައި އެޓީމް ނުކުތީ ކުލަބު ބިނާރާއާ ދެކޮޅަށެވެ. މި މެޗު ކުޅިވަރު ވުޒާރާގެ ޓީމުން ވަނީ 7-1 އިން ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅިވަރު ވުޒާރާގެ ޓީމް ނުކުތީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް ޑީޖީއޭއާ ދެކޮޅަށެވެ. މި މެޗުން ކުޅިވަރު ވުޒާރާގެ ޓީމް މޮޅުވީވެސް 7-1 އިންނެވެ. ސެމީ ފައިނަލުގައި އެޓީމް ނުކުތީ ކުލަބު ބަދަހި އާ ދެކޮޅަށެވެ. މި މެޗުން މޮޅުވީ 6-2 އިންނެވެ.

ކްލަބް މޯލްޑިވްސް ކްލެސިކްގެ ފައިނަލުގައި ކުޅިވަރު ވުޒާރާގެ ކުލަބު ނުކުންނާނީ އެމްއެމްއޭ ސޯޝަލް ކުލަބާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.