logo
banner image

ޅ. ކުރެންދޫގައި އިމާރާތްކުރަމުންދާ 50 ހައުސިންގ ޔުނިޓް މަޝްރޫޢުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެ

ޅ. ކުރެންދޫގައި ސަރުކާރުން އިމާރާތްކުރަމުންގެންދާ 50 ހައުސިން ޔުނިޓުގެ މަސައްކަތުގެ 47 އިންސައްތަ ނިމިއްޖެއެވެ.

އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމެޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ 2023 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފެށި މަޝްރޫއެކެވެ.

އެ ކުންފުންޏާ ހަވާލުކުރި އެ މަޝްރޫއަކީ 95 މިލިއަން ރުފިޔާގެ އަގަކަށް ހަވާލުކުރި މަޝްރޫޢެކެވެ.

ކުރެންދޫގައި އިމާރާތްކުރާ 50 ހައުސިން ޔުނިޓު އަޅަނީ 100 އަކަފޫޓުގެ 10 ފަންގިފިލާއަށް ނެގޭ އިމާރާތެއްގައެވެ. އެއިން ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާގެ އިތުރުން ސިޓިން ރޫމް، ބަދިގެ، ކާގެ އަދި ލޯންޑްރީ އާއި ގުދަނެއް ވެސް ހުންނާނެއެވެ.

އެ އިމާރާތުގެ ގްރައުޑް ފްލޯ ތަރައްގީ ކުރަނީ ވިޔަފާރިތަކަށް ބޭނުންކުރެވޭ ގޮތަށެވެ. އަދި އެ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއި ހިތްފަސޭހަކަން ގެނުވުމަށްޓަކައި ޕާކިން އޭރިއާއެއްގެ އިތުރުން ޕާކެއް ގާއިމުކޮށް، އިމާރާތުގެ ވަށައިގެން އަލިކަން ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.