logo
banner image

ޓުއަރިޒަމް މިނިސްޓްރީއާ، އިސްލާމިކް މިނިސްޓްރީއާ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު މި ވުޒާރާއިން ބައްދަލުވުމެއް ބާއްވައިފި

ޓުއަރިޒަމް މިނިސްޓްރީއާ، އިސްލާމިކް މިނިސްޓްރީއާ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު މި ވުޒާރާއިން ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު މެންދުރެއްހައި އިރު މި ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، މުޅި ރާއްޖެއަށް ރަށުފަތުރުވެރިކަން އާންމުވެގެންދާ އިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ.

މިއަދުގެ މި މަޝްވަރާ ބައްދަލުވުމުން ނިމުނީ މި މަސައްކަތްކުރުމަށް ޓަކައި 4 މުއައްސަސާ ހިމެނޭ ގޮތަށް ކުޑަ ކޮމެޓީއެއް އެކުލަވައިގެން އުޞޫލު އެކުލައިލުމުގެ މަސައްކަތްކުރިއަށް ގެންދާ ގޮތަށެވެ. އުޞޫލު އެކުލައިލާ ކޮމެޓީގައި މި މުއައްސަސާގެ ކޮންމެ ކުލަސްޓަރއަކުން ބޭފުޅަކާއި، ޓުއަރިޒަމް މިނިސްޓްރީން 2 ބޭފުޅަކާއި، އިސްލާމިކް މިނިސްޓްރީން 2 ބޭފުޅަކާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2 ބޭފުޅަކު ހިމެނިލައްވައެވެ.

މިއީ ރައީސް އޮފީހުން މި މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން މި މިނިސްޓްރީން އެކުލަވައިލާ އުޞޫލެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ވަޙްދަތުކުރިއަރުވާ މަތިވެރިކުރުމަށް އެތައް ގިނަގުނަ މަސައްކަތްޕުޅުތަކެއް އަންނަނީ ކުރަމުންނެވެ.