logo
banner image

"ކ.މާލެ" މިގޮތަށް ނުކިއުމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އެދިވަޑައިގެންފި.

ގާނޫނޫ އަސާސީގައި ރާއްޖޭގެ ވެރިރަށެއްގެ ގޮތުގައި މާލެ އޮންނަނީ ކ.އަތޮޅު ރަށެއްގެ ގޮތުގައި ނޫން ކަމަށާއި އެހެންކަމުން ލިޔުމުގައި ވެސް އަދި ކިއުމުގައި ވެސް ކ. މާލެ މިގޮތަށް ބޭނުން ކުރެއްވުމަކީ ގާނޫނު އަސާސީއާއި ހިލާފަށް ބޭނުން ކުރެވޭ މަހްފޫމެއް ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

މިކަން އިތުރަށް ތަފްސީލް ކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެގެ ވެރިކަން ކުރާ ރަށަކީ ކ.މާލެ ކަމަށް ކިޔާއިރު ކުރިއަށް އަތޮޅު ހިމެނުމަކީ ރަނގަޅަށް އެބަސް ބޭނުން ކުރެއްވުން ނޫންކަމަށާއި ގާނޫނު އަސާސީގައި އޮންނަގޮތުން ރާއްޖޭގެ ވެރިކަން ކުރާރަށަކީ މާލެ ކަމުގައެވެ.

އެކަމަކު އެގޮތަށްއެގޮތަށް އެބަސް ބަޔާންކޮށްފައި އޮންނައިރު ވެރިކަން ކުރާ ރަށަކީ ކ.މާލެ ކަމަށް ނޯންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލެ ލިޔެ ކިޔެ ހަދާއިރު ކ.އަތޮޅުގެ ރަށެއްގެ ގޮތުގައި ނުހިމެނުއްވަން ވަނީ އެދިވަޑައިގެންފައެވެ.

" ސަރުކާރުގެ ގިނަ ލިޔުންތަކުގައި ކ.މާލެއެއް ލިޔެފައެއް ނޯންނާނެ ކ.އަތޮޅުގައި އޮތްނަމަވެސް ރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވާތީ،މާލެ ލިޔާއިރު ކުރިއަށް ކ. އިތުރުކޮށްގެން ނުކިޔޭނެ" ވަޒީރު އިތުރަށް ތަފްސީލް ކޮށްދެއްވަމުން ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ ވިދާޅުވީ މާލެ ކިޔާއިރު އަތޮޅު ހިމަނައިގެން ކިޔުމަކީ މިހާރަކަށް އައިސް ގިނައިން ކޮށްއުޅޭ ކަމެއް ކަމަށާއި އެއީ ގާނޫނޫގައި އޮންނަގޮތާއި ހިލާފަށް ކުރާކަމެއް ކަމަށާއި މިއީ ކުޑަކަމެއް ނޫންކަމަށާއި މިކަން ރަނގަޅުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ލިޔެފައިވަނީ "ދިވެހި ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެއެވެ." ވަޒީރު ހެކި ދައްކަވަމުން ވިދާޅުވިއެވެ.

މިކަމާއި ގުޅޭ ގޮތުން ވަޒީރު ވިދާޅުވި ވާހަކަފުޅަށް ތާއިދު ކުރައްވާ ރާއްޖޭގެ މަޝްހޫރު ގާނޫނީ ބޭފުޅުންނާއި ބަހުގެ އުސްތާޒުންނާއި ބަސްވާރުން ވަނީ ވަޒީރުގެ މި ބަސްފުޅަށް ތާއިދުކުރައްވާ ވާހަކަދައްކަވާފައެވެ.