logo
banner image
ތަޢުލީމީ ވުޒާރާ

މިނިސްޓަރ، އެޗް.ޑީ.ސީގެ އަރބަން ޑިވެލޮޕްމަންޓް ޓެކްނިކަލް ޓީމާ ބައްދަލުކުރައްވައިފި

މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ އަރބަން ޑިވެލޮޕްމަންޓް ޓެކްނިކަލް ޓީމާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ހުޅުމާލޭގައި ޢިމާރާތްކުރަން ހަމަޖެހިފައިވާ ސްކޫލް އިންފްރާސްޓްރަކްޗަރ އާ ގުޅޭގޮތުން އެޗް.ޑީ.ސީގެ ޓެކްނިކަލް ބޭފުޅުންނާ މަޝްވަރާކުރައްވާފައެވެ.

ހުޅުމާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރުވެސް އައު ސްކޫލުއް ބިނާ ކުރުމުގެ މަސައްކަތް އެބަކުރިއަށްދެއެވެ. މި ސްކޫލަކީ 54 ކްލާސްރޫމާއި ހޯލަކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް އިމާރާތް ކުރެވޭ ސްކޫލެކެވެ.