logo
banner image

މޯލްޑިވިސް ޕޮލިޓެކްނިކްގެ ދަރިވަރުންތަކެއް، އެ ދަރިވަރުންގެ 'ފައިނަލް ޕްރޮޖެކްޓް' ގެ ގޮތުގައި ތިމާވެއްޓާއި ރައްޓެހި، އިލެކްޓްރިކް ގޯ-ކާޓްއެއް އުފައްދައިފިއެވެ.

މި އިލެކްޓްރިކް ގޯ-ކާރޓް އުފައްދާފައި ވަނީ ޑިޕްލޮމާ އިން އޮޓޯމޭޓިވް އިންޖީނިއަރިން ކިޔަވާ ދެ ދަރިވަރުން ކަމުގައިވާ މުޙައްމަދު ޝިފާން އަދި މުޙައްމަދު އާނިފެވެ. އެ ދަރިވަރުން ބުނި ގޮތުގައި، އިންޖީނު އެޅި ގޯ-ކާޓްއެއްގެ ބަދަލުގައި، މިފަދަ، ތިމާވެއްޓާއި ރައްޓެހި ގޯ-ކާޓްއެއް އުފައްދާފައި ވަނީ ޕޮލިޓެކްނިކްގައި ކިޔަވައި ދެއްވާ މުދައްރިސުންގެ ލަފަޔާއި އިރުޝާދުގެ މަތިންނެވެ.

ޕޮލިޓެކްނިކްގެ އަމާޒަކީ ދިވެހިރާއްޖޭގެ އެކި ދާއިރާތަކުން މިފަދަ އުފެއްދުންތެރި، މަސައްކަތްތެރި ޒުވާނުން ބިނާކުރުމެވެ. އެގޮތުން، އާރޓިޓެކްޗަރ، ސިވިލް އިންޖީނިއަރިންގ، އިންފޮރމޭޝަން ޓެކްނޮލޮޖީ، ޕްރޮގްރާމިންގ، ސްމޯލް ބިޒްނަސް މެނޭޖްމަންޓް، ވެލްޑިންގ، ވުޑް ކަރވިންގ ފަދަ ތަފާތު އެކި ދާއިރާތަކުން ޢަމަލީ ގޮތުން ތަމްރީނުވުމުގެ ފުރުސަތު ޕޮލިޓެނިކުން ވަނީ ހުޅުވާލާފައެވެ.