logo
banner image

ބައިނަލްއަޤުވާމީ ފެހުރިހީގެ ދުވަސް އދ.ދިގުރަށުގައި ފާހަގަކޮށްފި

ދިގުރަށުގައި ފެހުރިހީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް އާއި ސިޓީތަކާއި އިދާރީ ހިންގުންތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މިދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ދިގުރަށު ކައުންސިލުން އިންތިޒާމުކޮށްގެން ވަޑަިގެންނެވި ބޭފުޅުންނަށް ފަރިއްކޮޅެއްވެސް ވަނީ ދެއްވާފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޠާރިޤު އިބްރާހިމް، މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ދަނގެތީ ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު ވަނީ ދިގުރަށު ކައުންސިލާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ލޯކަލް ކައުންސިލްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު މިނިސްޓަރު އާދަމް ޝަރީފް ވަނީ ކައުންސިލާއި ހިއްސާ ކުރައްވާފައެވެ. ހަމައެހެންމެ ތަރައްޤީއަށް ކުރާ ކަންމުގައި އެއްބާރުލުން ދެއްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.