logo
banner image

5 މިލިއަން ގަސް ޕްރޮޖެކްޓްގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި.

މި ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފް، 5 މިލިއަން ގަސް ޕްރޮޖެކްޓްގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، 5 މިލިއަން ގަސް ޕްރޮޖެކްޓްގެ ދަށުން ގަސް އިންދުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި މި ޕްރޮޖެކްޓްގައިހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދައުރު އިތުރަށް ފުޅާކުރުމާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.

ސްޓޭޓް މިނިސްޓަރ ނާއިފް މި ބައްދަލުވުމުގައި ވިދާޅުވީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި 5 މިލިއަން ގަސް ޕްރޮޖެކްޓްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައިވެރިން ވިދާޅުވީ، ތިމާވެށި ރައްކާތެރިކުރުމަކީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށާއި، 5 މިލިއަން ގަސް ޕްރޮޖެކްޓްގައި އެހީތެރިވުމަށް އެ ކުންފުނިން ތައްޔާރަށް ތިބިކަމަށެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިފްތިތާހް ކުރެވިގެންދިޔައީ މިއަހަރުގެ ތިމާވެށީދުވަހުއެވެ. މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޤައުމީ ޕްރޮގްރާމެކެވެ.