ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ލަންޑަން، 18 ނޮވެމްބަރ 2026
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ދަ އޮނަރަބަލް ޝާލީ އަޔޯކޯ ބޮޗްވޭގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މަލްބަރޯ ހައުސްގައި ބޭއްވުނު މި ބައްދަލުވުކުރެއްވުމުގައި، ކޮމަންވެލްތުގެ ހަރަކާތްތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން ދެމެހެއްޓުމާއި އެ ޖަމްޢިއްޔާގެ އަސާސްތަކާއި މަޤްޞަދުތައް ނެގެހެއްޓުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ކަށަވަރުކޮށްދެއްވައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، ކޮމަންވެލްތުގެ އުޞޫލުތައް ދެމެހެއްޓުމާއި، މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުމުގައި ސަފީރު އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދުގެ އަރިހުގައި، ހައިކޮމިޝަނުގެ ފަސްޓް ސެކްރެޓަރީ އަލްއުސްތާޛާ ސާރާ އަޙްމަދު ޚާލިދާއި، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ ފާޠިމަތު ޒޭނާ ޢަބްދުﷲ ސަޢީދު އަދި ތަރޑް ސެކްރެޓަރީ އަލްފާޟިލާ ޢާއިޝާ މަޔާސީން މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
