ނޭޝަނަލް ޓްރޭޑް ފެސިލިޓޭޝަން ކޮމިޓީގެ ތިންވަނަ ބައްދަލުވުން ބާއްވައިފި
ނޭޝަނަލް ޓްރޭޑް ފެސިލިޓޭޝަން ކޮމިޓީގެ ތިންވަނަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޗައިނާގެ ގުއަންގްޖޯގެ ނަންޝާ ޑިސްޓްރިކްޓްގައި "ފްރޮމް މޯލްޑިވްސް އެކްސްޕީރިއަންސް ސެންޓަރ" އެއް ގާއިމުކުރުމާ ގުޅޭގޮތުންނެވެ. މި ސެންޓަރަކީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކާއި، ރާއްޖޭގައި އުފައްދާ ތަކެތީގެ އިތުރުން ފަތުރުވެރިކަން އިޝްތިހާރުކޮށް، ދިވެހި ވިޔަފާރިތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓްތަކުން ފުރުސަތު ހޯދައިދީ، އެކްސްޕޯޓް ސިންދަފާތުކޮށް ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ގާއިމުކުރުމަށް ހުށަހެޅިފައިވާ މަރުކަޒެކެވެ.
