logo
banner image

އިޙްތިރާމް މަޝްރޫޢުގެ ޓީމު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިސްވެރިންނާ މުވައްޒަފުންނާއި ބައްދަލުކުރައްވައިފި

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޓީމު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް, (އެމް.ޕީ.އެލް)ގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރުން ކުރިއަށް ދިޔައީ މިދިޔަ އާދިއްތަ ދުވަހު އެމްޕީއެލްގެ މައި އޮފީހުގައެވެ.

މި ބައްދަލުވުމުގައި އެމް.ޕީ.އެލްގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްރޫޢުގެ މައިގަނޑު މަޤުޞަދުތަކާއި، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކުގެ އިތުރުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ގުޅޭ ތަފްޞީލީ މަޢުލޫމާތު އެ ޓީމާ ޙިއްޞާ ކުރައްވާފައިވަނީ އިޙްތިރާމް މަޝްރޫޢު ރާވާ ހިންގާ ކޮމިޓީގެ ފަރާތުންނެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމެވެ.

5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ ތަހުޒީބު މުޖުތަމަޢު" އެވެ..

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ތަޢާރަފުކޮށް، މި ޚާއްސަ ޤައުމީ މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން، މަޝްރޫޢުގެ ޓީމު، މަޝްރޫޢު ފެށުމަށް ވާ ތައްޔާރީތަކުގެ ތެރެއިން ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކާ އެކު ދަނީ ބައްދަލު ކުރައްވަމުންނެވެ.