logo
banner image
ޚާރިޖީ ވުޒާރާ

ސްޕެއިންގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ސްޕެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޔޫރަޕިއަން ޔޫނިއަން އެންޑް ކޯޕަރޭޝަން، ހިޒް އެކްސަލެންސީ ހޯޒޭ މަނުއެލް އަލްބަރޭސް ބުއޭނޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި، ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް ސްޕެއިންގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އަރިސްކުރަމެވެ.

އަޅުގަނޑުގެ އުންމީދަކީ ދިވެހިރާއްޖެ އާއި ސްޕެއިން އާ ދެމެދު އޮތް ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށް އޮތް އަހަރުތަކުގައި މަނިކުފާނާ ގުޅިގެން މަސައްކަތްކުރުމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީމެވެ."