ނައިޖީރިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ނައިޖީރިއާގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި
ނައިޖީރިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ހަރ އެކްސެލެންސީ ބިއާންކާ އޮޑުމެގްވޫ-އޯޖުކްވޫއަށް، ޚާރިޖީ ވަޒީރު ހަރ އެކްސެލެންސީ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވަފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ނައިޖީރިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި ނައިޖީރިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކަމަނާއާއެކު ގާތުން މަސައްކަތް ކުރުމަށް އުންމީދުކުރަމެވެ.
އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."
