logo
banner image

މި އަހަރު އޮގަސްޓް މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކުދިންގެ އަޚްލާގީ މައްސަލަތަކުގެ ތަފާސްހިސާބުތައް

2026 ވަނަ އަހަރުގެ އޮގަސްޓް މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކާ ގުޅޭ 18 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެއިން ނިކުމެގެން ދިއުމުގެ މައްސަލަތަކެވެ. އެގޮތުން ގެއިން ނިކުމެގެން ދިއުމުގެ 04 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 01 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 03 މައްސަލައެކެވެ.

ހަމައެހެންމެ، ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 03 މައްސަލައާއި، ސްކޫލަށްދާން ބޭނުން ނުވުމުގެ 03 މައްސަލަވެސް އޮގަސްޓް މަހު ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން، އެހެނިހެން މައްސަލަތަކުގެ 08 މައްސަލަ ހިމެނެއެވެ.

ކުދިންގެ އަޚްލާގީ މައްސަލަތަކާއި ގުޅިގެން އޮގަސްޓް މަހު މި ވުޒާރާއަށް ރިޕޯޓްކޮށްފައިވަނީ ފިރިހެން ކުދިންގެ 08 މައްސަލައަކާއި އަންހެން ކުދިންގެ 10 މައްސަލައެކެވެ.