logo
banner image

“މިއަދަކީ ދިވެހިން ދުށް އެންމެ ނަސީބުވެރި ދުވަސް", ވަޒީރު ހީނާ ވަލީދު.

މިއަދަކީ ދިވެހިން ދުށް އެންމެ ނަސީބުވެރި ދުވަސް ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު ހީނާ ވަލީދު މިފަދައިން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަ ކުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ކުރިއަށް ދިޔަ ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ހީނާ ވަލީދު އިތުރަށް ވިދާޅުވީ ދަރުމަވަންތަ ރަސްގެފާނު އިސްލާމީ ދައުލަތުގެ ބިންގާ އެޅުއްވި ދުވަހަކީ ކުޑަ ނަމަވެސް ޒަމާންވީ މި ދިވެހިރާއްޖޭގައި ހިނގި އެންމެ ބޮޑު ހާދިސާ ކަމުގައެވެ.

"އިސްލާމް ދީން ޤަބޫލުކުރުމަކީ ދިވެހީން ނިންމި އެންމެ ބޮޑު ނިންމުން. ދިވެހީން އިސްލާމްދީން ގަބޫލުކުރުމާގުޅިގެން ދިވެހީންގެ ސަގާފަތަށް ހެޔޮ އަދި ބޮޑެތި ބަދަލްތަކެއް ވަނީ އިސްލާމް ދީނުގެ ހަމަތަކާ އެއްގޮތަށް ބަދަލުވެފައި." ވަޒީރު ހީނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮތުމުގެ އެންމެ މުހިންމު ސަބަބަކީ މާތްވެގެންވާ އިސްލާމް ދީންކަމަށާއި ޤައުމުގައި އުފެދުނު އަބްޠާލުން ޤުރުބާންވެވަޑައިގެންނެވީ އިސްލާމް ދީނަށް ޓަކައި ކަމަށާއި މި ޤައުމުގައި އިސްލާމްދީން ދެމެހެއްޓުމުގެ މާތް މަޤްޞަދުގައިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި ވަނީ، މިފަދަ ދުވަހެއްގައި ދިވެހީންގެ އަޒުމަކަށްވާން ވާނީ ރާއްޖެއަކީ އަބަދުވެސް އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި ދެމި އޮންނަ ޤައުމަކަށް ހެދުންކަމުގައި ވިދާޅުވެ އިސްލާމްކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

‎ދިވެހިރާއްޖެއަކީ މި ސަރަޙައްދުގައިވާ ޤައުމުތަކުގެ ތެރެއިން ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އެންމެގިނަ ޒަމާނު ދެމިއޮތް ޤައުމެވެ. ދިވެހިރާއްޖެ އިސްލާމްވެފައި ވަނީ ހިޖްރީ ގޮތުން 1153 ވަނަ އަހަރުގައެވެ.