logo
banner image

ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކާ ގުޅޭ 447 ޝަކުވާއެއް ހުށަހަޅައިފި

އިންސާފުވެރި އަދި ދެފުށް ފެންނަ ވިޔަފާރީގެ މާހައުލެއް ގާއިމުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 2025 ނޮވެމްބަރުން ފެށިގެން 2026 ޖުލައިގެ ނިޔަލަށް، ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތަކާ ގުޅޭ 447 ޝަކުވާއެއް މިނިސްޓްރީއަށް ވަނީ ލިބިފައެވެ.

މި މުއްދަތުގެ ތެރޭގައި ޖުމލަ 274 ވިޔަފާރިއެއް ބަލައި ފާސްކޮށްފައިވާއިރު، މީގެ ތެރެއިން 107 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.

ބަންދުކުރި ވިޔަފާރިތަކުގެ ތެރެއިން، ކަނޑައެޅިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކަށް ފެތުމުން، 68 ވިޔަފާރިއަކަށް އަލުން ހުޅުވުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.