ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 49 އިންސައްތަ ނިމިއްޖެ
ގދ. ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 49 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ހެވީފޯސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތާއި، އެއްގަމު ތޮށީގެ މަސައްކަތް އަދި ނެރު ފައިކަށީގެ ހިލަ ޖެއްސުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގައި ބޭރުތޮށި އަދި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ.
