މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑަށް ފާޠިމަތު ޣާޒިޔާ ފަތުޙީ އައްޔަނުކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު (މިފްކޯ)ގެ މެމްބަރުކަމުގެ މަޤާމަށް، ފާޠިމަތު ޣާޒިޔާ ފަތުޙީ އައްޔަނުކޮށްފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް ސ.ފޭދޫ، އާބާދީގެ، ފާޠިމަތު ޣާޒިޔާ ފަތުޙީ އައްޔަން ކުރައްވާފައިވާކަން ޕީ.ސީ.ބީ އިން އިއްޔެ ވަނީ ހާމަކޮށްފައެވެ.
ޣާޒިޔާ މަތީ ތަޢުލީމް ހާސިލްކުރައްވާފައިވަނީ، އިކޮނޮމިކްސްގެ ދާއިރާއިންނެވެ.
އެގޮތުން، ޔުނިވަރސިޓީ އޮފް އިންޓަރނޭޝަނަލް ބިޒްނަސް އެންޑް އިކޮނޮމިކްސް، ބެއިޖިންގ، ޗައިނާއިން، މާސްޓަރ އޮފް އިކޮނޮމިކްސް އަދި ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް އެކައުންޓިންގ އަދި އެކައުންޓިންގެ ދާއިރާއިން ACCA ވަނީ ހާސިލްކުރައްވާފައެވެ.
ޣާޒިޔާ މިހާރު އަދާކުރައްވަމުން ގެެންދަވަނީ، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ، ޕަބްލިމް ޑެޓް ޑިޕާޓްމަންޓްގައި ހެޑް އޮފް ޑެޓް މެނޭޖުމަންޓްގެ މަޤާމުގައެވެ.
އެގޮތުން ސަރުކާރުގެ ކޭޝް ފްލޯ ބެލެހެެއްޓުމާއި، ޓްރެޜަރީ ބިލްތަކާއި ޓްރެޜަރީ ބޮންޑްތައް މެނޭޖުކޮށް ބެލެހެއްޓުމުގެ އިތުރަށް، ޕަބްލިކް ޑެޓާ ބެހޭ ކަންކަމުގައި ވަޒީރަށް ފަންނީ ލަފާ އެރުވުންވެސް ހިމެނެއެވެ.
