މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑަށް ހުސައިން އަބްދުލްވާހިދު އައްޔަންކޮށްފި
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ހުސައިން އަބްދުލްވާހިދު އައްޔަންކޮށްފިއެވެ.
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ހއ.ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލްވާހިދު އައްޔަން ކުރައްވާފައިވާކަން ޕީ.ސީ.ބީ އިން އިއްޔެ ވަނީ ހާމަކޮށްފައެވެ.
ހުސައިން އަބްދުލްވާހިދު (އެމްއެފްއެމްސީ) އަށް އައްޔަނުކުރީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.
ހުސައިން މަތީ ތަޢުލީމް ހާސިލްކުރައްވާފައި ވަނީ، އެކައުންޓިންގެ ދާއިރާއިންނެވެ.
ހުސައިން ވަނީ ޔޫކޭއިން، އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް (ACCA) ހާސިލްކުރައްވާފައެވެ. މީގެ އިތުރަށް މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވެސް ވަނީ ހާސިލްކުރައްވާފައެވެ.
ހުސައިން އަބްދުލްވާހިދު މިހާރު ގެންދަވަނީ، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ އެކައުންޓެންޓްގެ މަޤާމު ފުރުއްވަމުންނެވެ.
ހުސައިން އަބްދުލްވާހިދު އަކީ ފައިނޭންސް އަދި އޮޑިޓްގެ ދާއިރާއިން 17 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
