ދިވެހިރާއްޖެއަށް ރުކާއި ރުކުގެ ބައިތައް އިމްޕޯޓް ކުރާފަރާތްތަކުގެ ސަމާލުކަމަށް
ދިވެހިރާއްޖެއަށް ރުކާއި ރުކުގެ ބައިތައް އިމްޕޯޓްކުރުމަށްޓަކައި އެފަދަތަކެތި އެކްސްޕޯރޓްކުރާ ޤައުމުގެ ލެބޯޓަރީއަކުން ބަލި ނެތްކަން އަންގައިދޭ ޓެސްޓް ރިޕޯޓެއް ހުށަހަޅަންޖެހެއެވެ. މިއީ ދިވެހިރާއްޖޭގެ ރުއްތައް މިސަރަޙައްދުގެ ޤައުމުތަކުގައި އުޅޭ ނުރައްކާތެރި ބަލިޖައްސާ ފަނިފަކުސައާއި ޖަރާސީމްގެ ކިބައިން ސަލާމަތްކުރުމަށް އެޅިފައިފާ ކަރަންޓީން ފިޔަވަޅެކެވެ.
މިކަމާއިގުޅިގެން މިނިސްޓްރީން މިދަނީ ރާއްޖެއަށް ރުކާއި ރުކުގެ ބައިތައް އެކްސްޕޯރޓްކުރާ ޤައުމުތަކުގެ ނެޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯރގަނައިޒޭޝަންތަކާއި މަޝްވަރާކުރަމުންނެވެ.
މިމަޝްވަރާގެ އަލީގައި، އިންޑިއާގައި 'ލީތަލް ޔެލޯވިންގ' އަދި 'ކަޑަން ކަޑަން ޑިޒީސް' ނެތްކަމަށް، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން މެދުވެރިކޮށް، އިންޑިއާގެ ނެޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯގަނައިޒޭޝަނުން ވަނީ މި މިނިސްޓްރީއަށް ކަށަވަރުކޮށްދީފައެވެ.
މީގެއިތުރުން 'ބަޑް ރޮޓް' އަދި 'ރޫޓް ރޮޓް' ޕެތޮޖެންސްއަށް ޓެސްޓް ކުރުމުގެ ޤާބިލުކަންހުރި ތަންތަނުގެ ގޮތުގައި ޕްލާންޓް ކަރަންޓީން ސްޓޭޝަންތަކުގެ ލެބޯޓްރީތަކާއި، އިންޑިއަން އެގްރިކަލްޗަރަލް ރިސަރޗް އިންސްޓިޓިއުޓްތަކާއި، ސްޓޭޓް އެގްރިކަލްޗަރަލް ޔުނިވާސިޓީތައް ވަނީ ފާހަގަކުރެވިފައެވެ. އަދި އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި މިޓެސްޓްތައް ހެދުމުގެ ޤާބިކަންހުރިކަމަށް ފާހަގަކޮށްފައިވާ މުއައްސަސާތަކުގެ ލިސްޓެއް މި އިޢުލާނާއިއެކު މަޢުލޫމާތަށްޓަކައި އެއްއުރަކުރެވިފައި ވާނެއެވެ.
އަދި މިއާއެކު ދިވެހިރާއްޖެއަށް ރުކާއި ރުކުގެ ބައިތައް އެތެރެކުރުމާ ގުޅޭ އުސޫލުތަކާއި އިރުޝާދުތައް އެކުލެވޭ ކަރުދާސް އެއްއުރަކުރީމެވެ.
އުސޫލާއި އިރުޝާދު: https://fisheries.gov.mv/images/Guideline%20%20Dhivehi-1784627141221.pdf
ޓެސްޓްތައް ހެދުމަށް ގާބިލްކަން ހުރިކަމަށް ފާހަގަކޮށްފައިވާ މުއަސަސާތައް: https://fisheries.gov.mv/images/Coconut%20Growing%20States%20of%20India-1784626985731.pdf
