ދިވެހިރާއްޖޭގެ ބޮއްޔާއި އެއިންކުރާ ބޭނުން: ރާކަނި
"ރާކަނި" މި ދިވެހި ނަން ދެވިފައިވާ ބޮލީގެ ދިހަވަރަކަށް ވައްތަރު އިންޑިއާ ކަނޑުގައި އުޅޭކަމަށް ބެލެވެއެވެ. އޭގެ ތެރެއިން ދިވެހި ކަނޑުފަޅުތަކުން ފެނިދެނިވެވިފައި ވަނީ ހަތަރު ވައްތަރެކެވެ.
- ބޮޑު ރާކަނި (Lambis truncata):
- މަކުނު ރާކަނި(Lambis lambis)
- ބުޅި އިނގިލި ރާކަނި(lambis chiraga)
- ނަގުލަންދާށި ރާކަނި( Lambis crocata)
މީގެ ތެރެއިން ބޮޑު ރާކަނީގެ ބޮޑުމިނުގައި 30 ސމ ހުރެއެވެ. މަކުނު ރާކަނި، 15-10 ސމ، ބުޅި އިނގިލި ރާކަނި، 12-23ސމ ހުންނަ އިރު، ނަގުލަންދާށި ރާކަނީގައި ހުންނަނީ 7-15 ސމ އެވެ.
މި ތަކެތީގެ ތެރެއިން ނަގުލަންދާށި ރާކަނީގެ ދެވައްތަރެއް ހުރެއެވެ. އަދި މަކުނު ރާކަނީގެ ހަތަރު ވައްތަރަކާއި، ބުޅި އިނގިލި ރާކަނީގެ ދެ ވައްތަރެއް އުޅެއެވެ.
ރާކަންޏަކީ މޫދު ކާނާގެ ތެރެއިން ދިވެހިން އާންމު ގޮތެއްގައި ކައި އުޅޭ ބާވަތެކެވެ. އަދި މި ބާވަތުގެ ބޮލި، އެއްކުރާ މީހުން އުޅޭއިރު، މިއީ އަތްތެރި މަސައްކަތުގައި ވެސް ތަފާތުތަކެތި ތައްޔާރުކުރުމަށް ބޭނުން ކުރަމުން އަންނަ ބޮލީގެ ބާވަތެކެވެ.
