logo
banner image

ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ލ. މާބައިދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ކުޅިވަރު ވުޒާރާގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި މި ވުޒާރާގެ އިސްވެރިންނާއި މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިޝާމްގެ އިތުރުން މާބައިދޫ ހިމެނޭ އިސްދޫ ދާއިރާގެ މެމްބަރު އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅިވަރު ވުޒާރާ އިން މާބައިދޫގައި ކުރިއަށްގެންދާ އެކި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މާބައިދޫ ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް އެ ރަށުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތައް ނުހުއްޓި ބާރު ސްޕީޑުގައި ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ރާފިއު ވަނީ ދެއްވާފައެވެ.