logo
banner image

ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު،އއ. ރަސްދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. ކުޅިވަރު ވުޒާރާގައި ހޯމަ ދުވަހު އޮތް މި ބައްދަލުކުރެއްވުމުގައި މި ވުޒާރާގެ އިސްވެރިންނާއި ރަސްދޫ ކައުންސިލް މެންބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅިވަރު ވުޒާރާ އިން ރަސްދޫގައި ކުރިއަށް ގެންދާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރަސްދޫގައި ކުޅިވަރުތައް ކުރިއަރުވަން ކައުންސިލްގެ ހުރި ވިސްނުން ވަޒީރާ ހިއްސާކޮށް މިވަގުތު ރަސްދޫގައި ހުރި ކުޅިވަރުގެ ވަސީލަތްތަކާއި ގުޅޭ މައުލޫމާތު ކައުންސިލުން ވަޒީރަށް ދެއްވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ ރަސްދޫ ކައުންސިލުން އެދިވަޑައިގަންނަވާފައިވާ ގޮތަށް އެ ރަށުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތައް ނުހުއްޓި ބާރު ސްޕީޑުގައި ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަގީންކަންދެއްވާފައެވެ.