logo
banner image

ދިރާގު މުވައްޒަރުންނަށް ފަޔަރ އެކްސްޓިންގުއިޝަރ އިންސްޕެކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފައްޓައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދިރާގު މުވައްޒަރުންނަށް ފަޔަރ އެކްސްޓިންގުއިޝަރ އިންސްޕެކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފައްޓައިފިއެވެ.

މި ކަމަށް ޓަކައި މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލެ ފަޔަރ ސްޓޭޝަނުގެ ކޮމާންޑަރ، ލެފްޓިނަންޓް ކާނަލް އަޙްމަދު ފާއިޒު ރަޝާދެވެ.

ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގެ ސްކޫލާއި ދިރާގާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އަލިފާން ނިއްވާ ފުޅިތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ ފުޅިތައް ބޭނުންވާ ކަންޑިޝަނުގައި ބެހެއްޓުމަށް ޓަކައި، ދިރާގުން ހަރަކާތްތެރިވާ މުވައްޒަފުންނަށް މި ދާއިރާގެ މައުލޫމާތު ދިނުމާއި، އެ މުވައްޒަފުން މި ދާއިރާއަށް އަހުލުވެރިކުރުވުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ތިއަރީ ކުލާސްތަކާއި ޢަމަލީ ތަމްރީނު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ 20 މުވައްޒަފުން ބައިވެރިވާ މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އޮޕަރޭޝަން ޑިޕާޓްމަންޓުގެ ބޭކަލުންނެވެ.

މި ރަސްމިއްޔާތުގައި ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގެ އޮފިސަރ ކޮމާންޑިންގ، ކެޕްޓަން އިސްމާޢީލް އަޙްމަދާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީއާއި، ދިރާގުގެ ސޭފްޓީ އެންޑް ހެލްތު ޑިޕާޓްމަންޓުގެ ސީނިއާ ބޭކަލުންނާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އޮފިސަރުންނާއި، ވޮރަންޓު އޮފިސަރުން ބައިވެރިވެލެއްވިއެވެ.